ފެނަކަ، އަރައިގަންނަން އުނދަގޫ ދަރަނީގެ ފާރެއް
ކުންފުނީން ލޯނުގެ ގޮތުގައި ފައިސާ ނަގައި ނުދައްކައި އޮތް 871 މިލިއަން ރުފިޔާ އެބަ އޮތެވެ. އަދި އެކި ފަރާތްތަކުން ހޯދި މުދަލާއި ހިދުމަތަށް ފައިސާ ނުދީ 3.2 މިލިއަން ރުފިޔާ އެބަ އުޅެ އެވެ. އެއީ ޖުމުލަ 4.16 ބިލިއަން ރުފިޔާ އެވެ. މިވަރުގެ ދަރަންޏަކާއެކު ކުންފުނި އޮތް އިރު ކުންފުންޏަށް ލިބެން ހުރި ފައިސާގެ އަދަދު ހުރީ މާ ދަށްކޮށެވެ. ކުންފުންޏަށް ލިބެން ޖެހޭ، އަދި ނުލިބި އުޅެނީ 457 މިލިއަން ރުފިޔާ އެވެ.