އަލިރަސްގެފާނު ޝަހީދުވުން: 'އައްޔަސް އަދިރިޔަސް ވަރިހަމަ..'
އެ ދުވަހު އަލިރަސްގެފާނަށް އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ އަދާވަތްތެރިންގެ ކައިރިން ރާއްޖެ ސަލާމަތް ކުރައްވައި މިނިވަން ކުރެއްވުމެވެ. އަނެއް ގޮތަކީ ދީނަށްޓަކައި ރާއްޖެއަށްޓަކައި ޝަހީދުވެވަޑައިގަތް އަބަދުގެ އަބަދަށް ނިއުމަތުގައިވުމެވެ. އެ ދުވަހުގެ ދިވެހިންގެ ގައުމިއްޔަތު އޮތީ ވަރަށް ބޮޑަށް ގެއްލި ބޭރުގެ ނުފޫޒަށް ދީއްލާފައެވެ.