ފަލަސްތީނުގައި ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާމަށް މަހެއްހާ ދުވަސް ވަނީ އެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ކުޑަކުދިން ގެންދަނީ ޝަހީދު ކޮށްލަމުންނެވެ. ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮލަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަށައިގެން ކުރަމުންދާ ހަނގުރާމަ އަށް މަހެއް ފުރިހަފައިވާ އިރު 12000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފަ އެވެ.

އެކާވީސް ވަނަ ގަރުނުގައި މިހާތަނަށް ސަރުކާރަކުން ހިންގާ އެންމެ ބޮޑު ގަތުލުއާންމާ ދެކޮޅަށް އަހަރުމެންނަށް ކުރެވޭނީ ކޮން ކަމެއްތޯ އެއީ ވަރާށް ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލެކެވެ. ސޯޝަލް މީޑިއާގައި މި ވާހަކަތައް ދައްކައި ކަންބޮޑުވުން ފާޅު ކުރުމުގެ އިތުރުން ކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ.

އެންމެ ގަދަ އަށް ދުނިޔޭގައި ފަށާފައިވާ އެއް މޫވްމަންޓަކީ ބޮއިކޮޓް އިޒްރޭލް ޕްރޮޑަކްސްގެ މުވްމަންޓެވެ.

މި މައްސަލައަކީ ދިވެހިންގެ ހިތާވެސް ވަރަށް ގާތް މައްސަލައެކެވެ. އެހެން ނަމަވެސް އަހަރުމެންގެ ތެރޭގައި ވެސް އެތައް އިޒްރޭލަށް ފައިދާވާ އަދި ފައިސާ ވަންނަ އެތައް ޕްރޮޑަކްޓެއް ބޭނުން ކުރެވެ އެވެ. އަދި ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ހިންގާ ބައެއް ކުންފުނިތައް ވެސް އެބަހުއްޓެވެ. އިޒްރޭލް ބޮއިކޮޓް މޫވްމަންޓުގެ ބޭނުމަކީ މި ކުންފުނިތަކަށް މާލީގޮތުން ދަތި ކުރުމެވެ. ޕްރެޝާ ކުރުމެވެ. އަދި ދުނިޔޭގެ އެތައް ގައުމެއްގައި ވަރަށް ކާމިޔާބުކަމާއެކީ ކުރަމުން އަންނަ ވެސް ކަމެކެވެ.

އެހެންކަމުން މިއީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޕްރޮޑަކްޓުތަކުގެ ތެރެއިން ސީދާ އިޒްރެއިލްގެ ޕްރޮޑަކްޓުތައް ނުވަތަ ފަލަސްތީނާ ދެކޮޅަށް މަސައްކަތް ކުރާ ޕްރޮޑަކްޓުތަކުގެ ލިސްޓެވެ. އެ ބްރޭންޑުތަކާއި އެ ފަރާތްތަކުން ކޮންޓްރިބިއުޓޤ ކުރާ ގޮތް ވާނީ ކިހައިދީފަ އެވެ.

ވައިބަރ

ވައިބާގެ ބާނީ ޓަލްމޮން މާކޯ އަކީ ޣައްޒާގައި އައިޑީއެފްގެ އޮޕަރޭޝަންތަކަށް ތާއީދުކުރާ ޒަޔަނިސްޓެކެވެ.

ކޮކާ ކޯލާ

ކޮކާކޯލާގެ ފެކްޓްރީއެއް ހިންގަނީ ހިފާފައިވާ ފަލަސްތީނުގައި ހަދާފައިވާ އިސްރާއީލުން ގަވާއިދާ ހިލާފު އާބާދީއެއް ކަމަށްވާ އަތަރޯޓްގަ އެވެ. ގަވާއިދާ ހިލާފަށް އިސްރާއީލުގެ އާބާދީއެއް ކަމަށްވާ އަޓަރޮޓްގައި އިސްރާއީލުގެ ފްރެންޗައިޒެއް އޮތުމުން، ކޮކާކޯލާއިން ދަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އަޅާނުލާ، ގަވާއިދާ ހިލާފަށް ހިފާފައިވާ ތަނުން ފައިދާ ހޯދަމުންނެވެ.

ސެވަން އަޕް

7އަޕްގެ ބައިނަލްއަޤްވާމީ ޑިސްޓްރިބިއުޓަރ ޕެޕްސީކޯއިން ސޯޑާސްޓްރީމް 3.2 ބިލިއަން ޑޮލަރަށް ގަތްއިރު، ސަބްރާގެ %50 ހިއްސާ އޮންނަ މި ދެ ކުންފުނިންވެސް ވަނީ އިސްރާއީލުން ފަލަސްތީނު ހިފުމުގެ ފައިދާ ނަގާފައެވެ

އެމަޒަން

އިސްރާއީލުގެ އަސްކަރިއްޔާއަށް ކްލައުޑް ޚިދުމަތް ފޯރުކޮށްދިނުމަށް ޕްރޮޖެކްޓް ނިމްބަސް ކޮންޓްރެކްޓް ގޫގުލް އާއި އެމެޒޯން ގުޅިގެން ކާމިޔާބު ކޮށްފި އެވެ. މިއީ 1.2 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ކަމަށާއި އެ ކޮންޓްރެކްޓަކީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާތައް ކުރިއަށް ގެންދިއުމަށް ބޭނުންކުރާނެ އެއްބަސްވުމެކެވެ

އެކްސް

އެކްސް އަކީ ޔުނިލިވަރގެ ކުންފުންޏެކެވެ. ބެން އެންޑް ޖެރީސް އަކީ ވެސް ޔުނިލިވަރގެ ކުންފުންޏެކެވެ. ބެން އެންޑް ޖެރީސް އިން އިސްރާއީލުގައި އުފެއްދުންތައް ވިއްކުން ހުއްޓާލަން ނިންމުމުން، ޔުނިލިވަރ އިން ވަނީ އެމީހުންގެ ނިންމުން ފަހަތަށް ޖެހި، ބެން އެންޑް ޖެރީގެ ބްރޭންޑް ނަން އިސްރާއީލުގައި ވިއްކުން ކުރިއަށް ގެންދިއުމަށް މަޖުބޫރު ކުރުމަށްޓަކައި އިސްރާއީލުގެ ޑިސްޓްރިބިއުޝަން ރައިޓްސް އަވީ ޒިންގާ އަށް ވިއްކާލާފަ އެވެ.

ބުކިން

ބުކިން ޑޮޓްކޮމް އިން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި ލިސްޓިން ކުރުމުގެ ހުއްދަ ދޭއިރު، އެފަދަ 200 ލިސްޓިން ނައްތާލާނެ ކަމަށް އިއުލާން ކުރުމަށް ފަހު، އިސްރާއީލުގެ ހިސާރުގައި އެނގިހުރެ ބައިވެރިވާކަން ދައްކައިގެން ނިންމުން އަނބުރާ ގެންދިޔަ އެވެ.

ބާގަރ ކިންގް

ބާގަރ ކިންގް އިސްރާއީލުން އައިޑީއެފް އަށް ތާއީދު ކުރަނީ އިސްރާއީލުގެ ހަނގުރާމަވެރިންނަށް ހިލޭ ކާނާ އާއި ބުއިން ފޯރުކޮށްދީގެންނެވެ. ރިފަރެންސް އަށް އެމީހުންގެ އިންސްޓަގްރާމް ޕޯސްޓް ތަރުޖަމާއަށް ކްލިކް ކުރާށެވެ. ބައްލަވާށެވެ.

ސެރަވޭ

ސެރަވް އަކީ ލޮރިއަލްގެ ކުންފުންޏެކެވެ. ލޮރިއަލް އަކީ ‘އިސްރާއީލުގެ ހޫނު އެކުވެރިއެއް’ އެވެ. ބޮއިކޮޓަށް އެހީތެރިވާ މައުލޫމާތު ހިމެނޭ ގޮތަށް އަރަބި ލީގަށް ސިޓީއެއް ފޮނުވުމަށް ފަހު، 1.4 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް މައާފަށް އެދުމުގެ ކުރިން އިސްރާއީލާ އެކު އާ ގުޅުމެއް ގާއިމްކޮށް، ބޮޑެތި އިންވެސްޓްމަންޓެއް ހަދައި، ހިފާފައިވާ ފަލަސްތީނުގައި ފެކްޓްރީއެއް ވެސް ހިންގި އެވެ

ޑެލް

ޑެލްގެ ބާނީ މައިކަލް ޑެލް އަކީ އިސްރާއީލުގެ އަސްކަރިއްޔާއަށް ފައިސާ ހޯދައިދޭ ފްރެންޑްސް އޮފް ދަ އައިޑީއެފްގެ މެމްބަރެކެވެ. މިހާތަނަށް އެތައް މިލިއަން ރުފިޔާއެއް ހަދިޔާ ކުރައްވާފައިވާއިރު، މިހާރުވެސް ހަދިޔާ ކުރައްވަމުން ގެންދަވައެވެ.

ޑިސްނީ

ޑިޒްނީން ވަނީ އިސްރާއީލަށް އެހީތެރިވުމަށް ދެ މިލިއަން ޑޮލަރާއި އިތުރު މަސައްކަތްތަކެއް ކުރުމަށް ވައުދުވާނެ ކަމަށް ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އިސްރާއީލުގައި ޔަހޫދީންނަށް ދޭ ހަމަލާތައް ސީއީއޯ ސާފުކޮށް ކުށްވެރި ކުރެއްވި ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާއިން މަރާލަމުންދާ ފަލަސްތީނުގެ ރައްޔިތުންގެ އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

ޑަވް

ޑޯވް އަކީ ޔުނިލިވަރގެ ކުންފުންޏެކެވެ. ބެން އެންޑް ޖެރީސް އަކީ ވެސް ޔުނިލިވަރގެ ކުންފުންޏެކެވެ. ބެން އެންޑް ޖެރީސް އިން އިސްރާއީލުގައި އުފެއްދުންތައް ވިއްކުން ހުއްޓާލަން ނިންމުމުން، ޔުނިލިވަރ އިން ވަނީ އެމީހުންގެ ނިންމުން ފަހަތަށް ޖެހި، ބެން އެންޑް ޖެރީގެ ބްރޭންޑް ނަން އިސްރާއީލުގައި ވިއްކުން ކުރިއަށް ގެންދިއުމަށް މަޖުބޫރު ކުރުމަށްޓަކައި އިސްރާއީލުގެ ޑިސްޓްރިބިއުޝަން ރައިޓްސް އަވީ ޒިންގާ އަށް ވިއްކާލާފަ އެވެ.

ފެންޓާ

ފަންޓާގެ ވެރިޔާ ކޮކާކޯލާ ކުންފުނިން ހިންގަނީ ހިފާފައިވާ ފަލަސްތީނުގައި ހަދާފައިވާ ގަވާއިދާ ހިލާފަށް އިސްރާއީލުގެ އާބާދީއެއް ކަމަށްވާ އަޓަރޮޓްގައި ފެކްޓްރީއެކެވެ.

ޖިލެޓް

ޖިލެޓް އަކީ އޮކިއުޕޭޑް ފަލަސްތީނުގެ ޓެލް އަވީވްގައި އާރްއެންޑްޑީ ސެންޓަރެއް ހުޅުވި ޕްރޮކްޓަރ އެންޑް ގޭމްބަލްގެ ކުންފުންޏެކެވެ.

އެޗްޕީ

ފަލަސްތީނުގެ ދަތުރުފަތުރު ހަނިކުރުމަށް އިސްރާއީލުން ބޭނުންކުރާ ބަޔޮމެޓްރިކް އައިޑީ ސިސްޓަމްގެ އިތުރުން އައިޑީއެފްއަށް ބޭނުންވާ އެހެން ސިސްޓަމްތައް ވެސް ހިއުލެޓް ޕެކާޑް ހިންގަ އެވެ

ކޭއެފްސީ

ބެލެނިވެރި ކުންފުނި ޔުމް ބްރޭންޑްސް އަކީ އިސްރާއީލުގެ ސްޓާޓް އަޕްތަކުގެ އިންވެސްޓަރެކެވެ.

ކިޓްކެޓް

ކިޓްކެޓް ބްރޭންޑްގެ ވެރިޔާ ނެސްލޭ އަކީ އޮސެމްގެ ކޮންޓްރޯލިން ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އޮސެމް އަކީ އިސްރާއީލުގެ ކާބޯތަކެތި އުފައްދާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ ހިފާފައިވާ ފަލަސްތީނުގައި ހިންގާ ކުންފުންޏެކެވެ.

ލޭސް

ލޭސްގެ ވެރިޔާ ޕެޕްސީކޯ އިން ސޯޑާސްޓްރީމް 3.2 ބިލިއަން ޑޮލަރަށް ގަތްއިރު، ސަބްރާގެ %50 ހިއްސާ އޮންނައިރު، އެ ދެ ތަނުން ވެސް ވަނީ އިސްރާއީލުން ފަލަސްތީނު ހިފުމުގެ ފައިދާ ނަގާފައެވެ.

ލަކްސް

ލަކްސް އަކީ ޔުނިލިވަރގެ ކުންފުންޏެކެވެ. ބެން އެންޑް ޖެރީސް އަކީ ވެސް ޔުނިލިވަރގެ ކުންފުންޏެކެވެ. ބެން އެންޑް ޖެރީސް އިން އިސްރާއީލުގައި އުފެއްދުންތައް ވިއްކުން ހުއްޓާލަން ނިންމުމުން، ޔުނިލިވަރ އިން ވަނީ އެމީހުންގެ ނިންމުން ފަހަތަށް ޖެހި، ބެން އެންޑް ޖެރީގެ ބްރޭންޑް ނަން އިސްރާއީލުގައި ވިއްކުން ކުރިއަށް ގެންދިއުމަށް މަޖުބޫރު ކުރުމަށްޓަކައި އިސްރާއީލުގެ ޑިސްޓްރިބިއުޝަން ރައިޓްސް އަވީ ޒިންގާ އަށް ވިއްކާލާފަ އެވެ.

މެކް

މެކްޑޮނަލްޑްސް އިސްރާއީލުން އައިޑީއެފް އަށް ތާއީދު ކުރަނީ އިސްރާއީލުގެ ހަނގުރާމަވެރިންނަށް ހިލޭ ކާނާ އާއި ބުއިން ފޯރުކޮށްދީގެންނެވެ. ރިފަރެންސް އަށް ޓްވީޓް (ތަރުޖަމާ އަށް ކްލިކް ކުރާށެވެ) ބައްލަވާށެވެ.

ނެސްކެފޭ

ނެސްކަފޭ ބްރޭންޑްގެ ވެރިޔާ ނެސްލޭ އަކީ އޮސެމްގެ ކޮންޓްރޯލިން ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އޮސެމް އަކީ އިސްރާއީލުގެ ކާބޯތަކެތި އުފައްދާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ ހިފާފައިވާ ފަލަސްތީނުގައި ހިންގާ ކުންފުންޏެކެވެ.

ޕެޕްސީ

ޕެޕްސީކޯ އަކީ ސޯޑާސްޓްރީމް އާއި ސަބްރާގެ %50 ގެ ވެރިފަރާތެއް ކަމަށާއި މި ދެ ކުންފުނިން ވެސް ވަނީ އިސްރާއީލުން ފަލަސްތީނު ހިފުމުގެ ފައިދާ ނަގާފައެވެ

ޕޫމާ

ޕުމާ އަކީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ގަވައިދާ ހިލާފަށް ހަދާފައިވާ އާބާދީތަކުގައި ހިމެނޭ ޓީމުތައް ހިމެނޭ އިޒްރޭލް ފުޓްބޯލް އެސޯސިއޭޝަން (އައިއެފްއޭ) ގެ މެއިން ސްޕޮންސަރެވެ.